ކ. ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.

އެމްއެންޑިއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި  އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އަދިވެސް އެތަނުގައި ހަރަކާތްތެރިވަމުންދާއިރު މިއަލިފާން ކޮންޓްރޯލް ކުރެވުނީ 10:35 ހާއިރު ކަމަށްވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.