މި ސަރުކާރުގައި އިންޑިއާއާއި ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ މޭސްތިރި އަކީ އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަންޖޭ އަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރު 2019 ވަނަ އަހަރު ރާއްޖެ ވަޑައިގެން އުޅުއްވި އިރު ސޮއި ކުރެއްވި އެއްބަސްވުމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އޭގެ ދަށުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވި ގިނ މަސައްކަތްތަކެއް ފެށިއްޖެ ކަމަށެވެ.

ސުދީރުގެ ސަފީރު ކަމުގެ ދައުރު ހަމަވެ ރާއްޖޭގައި އެންމެ ފަހު ދުވަސްތައް ގުނަމުން އަންނަ އިރު އެމަނިކުފާނު އެކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ރާއްޖޭގައި ހުރެ ސޮއިކުރައްވާ އެންމެ ފަހު އެއްބަސްވުމަކީ ވެސް އޭގެ ދަށުން އަންނަ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރަށް ޝާހިދު ވަނީ ސަންޖޭ ގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އެކު އޮތް ގުޅުމާިއ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް އަދި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކާއި ހުރިހާ ކަމަކަށް ބެހެއްޓެވި ސަމާލުކަމާއި ދެއްވި އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއާއި ޜާއްޖެއާ މެދު މިހާރު އުފެދިފައިވާ ދިގުދެމިގެންދާނެ ވަރުދަގަ ގުޅުމުގައި ސަންޖޭގެ ދައުރު އިންތިހާއަށް ބޮޑު ކަމަށް ވިދާޅުވެ އޭނާ އަށް ޝުކުރު އަދާކުރެއްވިއެވެ.

ސަންޖޭގެ ސަފީރުކަމުގެ ދައުރު ނިމުނު ނަމަވެސް މިއީ ދާއިމީ އެކުވެރިކަމެއްކަން ފާހަގަކުރައްވާ ޝާހިދު ވަނީ ދިވެހި ރައްޔިތުންނާއި، ހުދު އެމަނިކުފާނު އަދި ސަރުކާރާއި ސަންޖޭ ބަހައްޓަވާ ގާތްކަން ވެސް އަބަދަށް ދެމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.