އިންޑިއާ އިން ފައިނޭންސްކޮށްގެން ރާއްޖޭގެ އެކި ރަށްތަކުގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ ސަބަބުން ކައުންސިލްތައް އިތުރަށް ބާރުވެރިކުރެވޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންޑިއާ ގްރާންޓް އެހީގެ ދަށުން 8 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައެވެ. މިއިން ކޮންމެ މަޝްރޫއު އަކުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީވެސް ސުދީރެވެ. ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސުދީރު ވަނީ މި ޕްރޮޖެކްޓްތަކުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އަދި މިއީ މިހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް އެއްފަހަރާ ކުރިއަށް ގެންދަން ނިންމި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކުރެއްވިއެވެ.

އިންޑިއާ ގްރާންޓް އެހީގެ ދަށުން ރާއްޖޭގައި މިހާރު ވެސް ގިނަ މަޝްރުއުތަކެއް ހިންގަމުން އަންނަކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މަޝްރޫއުތައް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުތަކުން ކުރިއަށް އޮތް ތަނުގައި ވެސް ފައިދާ ވާނެ ކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކައުންސިލްތައް މާލީ، ގޮތުންނާއި އިގްތިސާދީ ގޮތުން ބާރުވެރިކުރުވާ، އަމިއްލަ އަށް ވެސް މަޝްރޫއުތައް ކުރިއަށް  ގެންދިއުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.  މި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ލާމަރުކަޒުކުރުން ކަމަށްވާއިރު، އެއީ ޑިމޮކްރެޓިކް ގައުމަކަށް ކިހާ މުހިއްމު ކަމެއް ކަން ވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަފީރު ވަނީ މިހާ ކާމިޔާބުކަމާއި އެކު މަޝްރޫއުތައް ހިންގަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރުން ބާއްވާ ގާތް ގުޅުމާއި ދެމުންދާ އެއްބާރުލުމުގެ ސަބަބުން ކަން ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.