ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ޗެމްޕިއަންސް ލީގު / ޓުވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް ސަލާމަތްކޮށްދީފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެޓަލާންޓާއާ ވާދަކޮށް ޔުނައިޓެޑު މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. ނަމަވެސް 15 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ.

މި ލަނޑާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަޏި ކޮށްފައެވެ. އެގޮތުން އެޓަލާންޓާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް، 28 ވަނަ މިނެޓުގައި ޑެމިރާލް ވަނީ އެޓަލާންޓާއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު އެޓަލާންޓާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޔުނައިޓެޑު ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 53 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑްގެ ލަނޑުން ވަނި ނަތީޖާގެ ފަރަގު ކޮޑަކޮށްފައެވެ. އަދި މި ލަނޑާއެކު ޔުނައިޓެޑުން ވަނީ އިތުބާރާއެކު މޮޅަށް ކުޅެފައެވެ.

މިއާއެކު، ޔުނައިޓެޑަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ 75 ވަނަ މިނެޓުގައި ހެރީ މެގުއާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 81 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު މުބާރާތުގެ ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑު އޮތީ ކުޅުނު 3 މެޗުން 6 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި އެޓަލާންޓާ އޮތީ ކުޅުނު 3 މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕް ދެވަނައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.