އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ތިމާވެއްޓަށް ދެއްވާ އަހައްމިއްޔަތުކަން އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފާހަގަކުރައްވައިފިއެވެ.

އދ ގެ އާއްމު މަޖިލީހުގެ ސެކަންޑް ކޮމިޓީގެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުވެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބަދުވެސް އޮފީހުގެ ބޮކިތައް ނިއްވާލައްވައި، ދުވާލުގަޑީގައި ކަރަންޓު ބޭނުންކުރެއްވުމުގެ ބަދަލުގައި އިރުގެ އަލިކަން ބޭނުންކުރެވެން އޮތް ކޮންމެ ހިނދެއްގައި ބޭނުންކުރުމަށް އިޚްތިޔާރު ކުރައްވާކަމަށެވެ. އަދި ވިދާޅުވީ، އެއީ ކިތައްމެ ކުޑަ ކަމެއްކަމުގައި ވީނަމަވެސް އުއްތަމަ ފަނޑިޔާރު އެކަން ކުރައްވަނީ އެނުހަނު ބޭނުންތެރި ކަމެއް ކަމަށް ދެކިވަޑައިގެން ކަމަށެވެ. މިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިފަދަ ބިލިއަނެއްހާ ކުޑަ އަމަލުތަކެއްގެ ސަބަބުން ބޮޑެތި ނަތީޖާ ނެރެވޭނެކަމަށެވެ.

މީގެއިތުރުން، ޝާހިދުވަނީ ކޮވިޑް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފިލުވުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލްކުރުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމާއި، ގުޅިގެންވެސް  ވާހަކަދައްކަވާފައެވެ. އަދި އާމްދަނީ މަދުންލިބޭ ގައުމުތަކުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހުރި ހުރަސްތައް ފިލުވުމާއި، މާލީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް ގައުމުތަކަށް މާލީ އެހީތެރިކަމާއި ފައިސާ ލިބުމުގައި ހުރި ދަތިތައް ފިލުވުމުގެ މައްޗަށް ވެސް ވާހަކަދެއްކެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. […] އުއްތަމަ ފަނޑިޔާރަށް ޝާހިދުގެ ތައުރީފް އިތުރަށް ވިދާޅުވޭ […]

ކޮމެންޓް

Your email address will not be published.