ދޫނިތައް ހިޖުރާ ކުރާ މޫސުމުގައި ރާއްޖެ އަށް ހިޖުރަ ކުރި ފްލެމިންގޯތަކެއްގެ ތެރެއިން ބައެއް ދޫނި ހިފާ އެ ވިއްކަން މަސައްކަތްކުރި މީހާ ހޯދާ އެ ދޫނި ސަލާމަތްކޮށްފިއެވެ.

ފްލެމިންގޯއެއް ހިފާ އޭތި ވިއްކަން ޖަހާފައި އިން މައްސަލަ މި ހަފްތާ ތެރޭގައި ފެންމަތިވި އިރު އޭތި ވިއްކަން ޖަހާފައި ވަނީ 30،000ރ އަށެވެ. އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހުންނާއި ގުޅިގެން އެ ދޫނި އަދި އެ ހިފި މީހުން ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އީޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެ ދޫނީ ހޯދާފައި ވަނީ ހއ. ބާރަށުން ކަމަށެވެ. އަދި އޭތި ފެނުނު އިރު އިނީ ފިޔަ ކޮށާލާފައި ކަމަށާއި، އެއާ އެކު އައި އެހެން ދޫނިތަކާއި އެކު ހިޖުރަ ނުކުރެވޭނެ ކަމަށެވެ.

އީޕީއޭއިން އެއަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ހޯދުމަށް ޅ. މާކޯ އަށް ގެންގޮސްފައިވާ ކަމަށާއި، އަޓޯލް ވޮލަންޓިއަރސް ގެ ވޮލަންޓިއަރުން އެއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މާކޯ އަކީ ހިމާޔަތްކޮށްފައިވާ އެ ރަށެކެވެ. އަދި އެ ރަށަކީ ވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ރަށެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.