ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ޕްލޭނިންގް މިނިސްޓްރީން ހަވާލުކުތީ އެމް.ޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއީ 14،749،000 ރުފިޔާއަށް، 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއުއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކުޑަރިކިލު ރަށްގިރުމުގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓާރއާއި 150 މީޓަރގެ އެއް ބްރޭކް ވޯޓަރ ގާއިމުކުރެވިގެންދާނެއެވެ. އަދި ރަށުގެ އިރުމަތީފަރާތާއި ދެކުނު ފަރާތު ގޮނޑުދޮަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރެވިގެންދާނެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.