ޑޮނާޑް ގާރމެންޓްސްގެ 3 ވަނަ ފަންގިފިލާގައި ރޯވުން --- ފޮޓޯ: ޝަފްރާޒް

ޑޮނާޑް ގާރމެންޓް ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ މީޑިއާ އޮފިސަރ ވިދާޅުވީ، ޑޮނާޑް ގާރމެންޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް މިއަދު 16:49 ގައި ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފެށި ކަމަށެވެ.

މިއާއެކު، އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ރޯވި އަލިފާން 17:09 ގައި ނިއްވާލެވިފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.