ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަނޑައަޅައިފިއެވެ.

އެޗްއާރުސީއެމް އިން ކުރި ތަހުގީގުން ފާހަގަވިގޮތުގައި ކުޑަކުދިންގެ ޖަލަކީ ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ޚިލާފަށް، ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި އެ ޖަލަށް ކޮމިޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަނުން ބުނި ނަމަވެސް، އެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ނިމިފައިނުވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުންޏެވެ.

އެހެންވެ، އެޗްއާރުސީއެމް އިން ވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން އެ ޖަލުގައި ކުދިން ބަންދުނުކުރުމަށް އަންގާފައެވެ. އަދި އެ ކުދިން ރައްކާތެރި މާހައުލަކަށް ކަރެކްޝަނުން ކަނޑައަޅާ ޕްލޭނެއްމި މަހުގެ 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ އަންގާފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. […] “ކުޑަކުދިންގެ ޖަލަކީ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން” އިތުރަށް ވިދާޅުވޭ […]

ކޮމެންޓް

Your email address will not be published.