ހިނގާލުމާ ބެހޭ މައުލޫމާތު ދިނުމަށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--- ފޮޓޯ: ޕީޕީއެމް

"މިނިވަންކަމުގެ ހިނގާލުން" މި ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތައްޔާރުވެއްޖެއެވެ.

އެ ހިނގާލުމާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ހިނގާލުމަކީ ސުލްހަވެރިކަމާ އެކު ބާއްވާ ހިނގާލުމެއް ކަމަށެވެ. އަދި ހިނގާލުން ކުރިއަށްގެންދާނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ހިނގާލުން ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެންނެވެ.

އިދިކޮޅުން ހިނގާލުމަކަށް ތައްޔާރުވާއިރު އެ ކޯލިޝަނުން މީގެ ކުރިން ވެސް ވަނީ ސިލްސިލާކޮށް މިފަދަ އެއްވުންތައް ބާއްވާފައެވެ. އަދި އެ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުން އަންނަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އެއްބަސްވުންތަކުގައި އެކި ގައުމުތަކާއި އެކި ސޮއިކުރަމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖޭ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަމަށް އެ ކޯލިޝަނުން ތުހުމަތުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.