ޗައިނާގެ ހަކަތައިގެ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އެގައުމަށް ބޭނުންވާ ބޯޓު ދެލި، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އުތުރު ކޮރެއާއިން އެތެރެކުރަން ފަށައިފިއެވެ.
އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ޗައިނާއަށް ބޭނުންވާ ބޯޓު ދެލި އެތެރެކުރަނީ އެ ދެގައުމުގެ ސަރުކާރުގެ އިސް ފަރާތްތައް ގުޅިގެންކަމަށް ރޭޑިއޯ ފްރީ އޭޝިއާއިން ބުނެއެވެ.
ޗައިނާގައި ބޯޓު ދެލި ނަގާ މިންވަރު މަދުވެ، އެހެން ގައުމުތަކުން ބޯޓު ދެލި އެތެރެކުރާ މިންވަރުވެސް ވަރަށް ބޮޑަށް ދަށަށް ދިޔުމާއެކު އެގައުމުގެ ކަރަންޓު ވިއުގައަށް ވަނީ ލޮޅުން އައިސްފައެވެ. ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް މަސައްކަތްކުރާކަމަށް ޗައިނާއިން ބުނިނަމަވެސް، އެގައުމުގެ ހަކަތައިގެ ވިއުގައިގެ 70 އިންސައްތަ އަދިވެސް ބަރޯސާވަނީ ބޯޓު ދެލި އަންދައިގެން ހަކަތަ އުފެއްދުމަށެވެ.
ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ޗައިނާގެ ބައެއް ފެކްޓްރީތަކުގެ މަސައްކަތުގެ ގަޑިތައް މަދުކުރަން ޖެހި، ބައެއް ސަރަހައްދުތަކުން އެއްކޮށް ކަރަންޓު ކަނޑައިގެން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *