ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ލ. އަތޮޅުން ނުވަ ޓީމެއް، ގަމަށް އޮތީ ތަށި ދިފާއުކުރުން!

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިފަހަރު ލ. އަތޮޅުގެ ނުވަ ޓީމަކުން ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެޖެންޖް 2024 އަންނަ ޖެނުއަރީ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މިއީ ލ. އަތޮޅުން އެންމެ ގިނަ ޓީމުތައް މުބާރާތުގައި ބައިވެރިވި ފަހަރެވެ.

މިފަހަރުގެ މުބާރާތުގައިވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވާ އަތޮޅުތަކުގައި ކުޅޭނީ ދެ ގްރޫޕަށް ޓީމުތައް ބަހާލައިގެންނެވެ. ކުރިން ލ. އަތޮޅުގެ ޗެމްޕިއަންކަން، ލީގު ބުރެއް ނިންމާ ފައިނަލް ކުޅެގެން ހޮވާއިރު، މިފަހަރު ފައިނަލަށް ޓީމުތައް ދާނީ  ސެމީ ފައިނަލް ދެ މެޗެއް ކުޅެގެންނެވެ. އެހެންކަމުން ލ. އަތޮޅުގެ އަތޮޅު ބުރުވެސް ފޯރިގަދަވާނެއެވެ.

ލ. އަތޮޅުން މިފަހަރު ބައިވެރިވެފައިވާ ޓީމުތައް

  • ހިތަދޫ
  • ކަލައިދޫ
  • އިސްދޫ
  • މާބައިދޫ
  • މާވަށް
  • މާމެންދޫ
  • މުންޑޫ
  • ދަނބިދޫ
  • ގަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ކަމާއެކު އެންމެފަހުން ފުޓްސަލްގެ ރަސް ކަމަށް އެރީ ލ. ގަމު ފުޓްސަލް ޓީމެވެ. އެޓީމުން މުޅި ލ. އަތޮޅު ފަހުރުވެރިކޮށްލީ ހުސައިން ޝަރީފް (އޮންލީ)، މުބާރާތުގެ ކިންގްގެ މަގާމު ހޯދައިގެންނެވެ.

އެންމެފަހުގެ މުބާރާތަށްފަހު ގަމުން ތަށްޓާއެކު ރަށަށް އެރުމުން ޓީމަށް މަރުހަބާ ކިޔުމުގެ ހާއްސަ ލަވަ ތަކާއެކު ބޮޑުބެރުގެ ހަރަކާތްތައްވެސް ފެނިގެން ގޮސްފައިވާ އިރު، އަންހެން ވެރިންގެ ހާއްސަ ބޮޑުބެރާއި ނެށުމުގެ ފަރި ހަރަކާތްތައްވެސް އިއްޔެ ގަމުން ފެނިގެންދިޔައެވެ.

ގަމުން މިފަހަރުވެސް މުބާރާތުގެ ތަށި ހޯދަން ތައްޔާރުވަމުންދާ އިރު، ޓީމުގެ ކޯޗަކީ އިސްމާއީލް ޝަރީފް (އިއްސެ) އެވެ.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top