ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް | ފޮޓޯ: ޔޫތު މިނިސްޓްރީ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާ މެޗު ކާނިވާ އިން ބެލޭނެ އިންތިޒާމުތައް ވަނީ މިހާރު ރޭވިފައި ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާލުވީ، ސާފް ޗެމްޕިއަންޝިޕްގެ ފޯރި ނަގައި، ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލޭނެ އިންތިޒާމުތަކެއް ރޭވިފައިވާ ކަމަށެވެ.

"މިއުޒިކް ޝޯވް ގެންދަން ވަނީ ރޭވިފައި، މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާ ގޮތަށް"  މިނިސްޓަރ މަހްލޫފް ކުރެއްވި ވިދާޅުވިއެވެ.

މާދަމާ ރޭ ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާ މެޗަށް ސޯޝަލް ސެންޓަރުން ޓިކެޓު ވިއްކަމުންދާއިރު، ރާއްޖޭ ސަޕޯޓަރުންނަށް ވިއްކަމުން އަންނަނީ މީހަކަށް 2 ޓިކެޓެވެ.

އެފްއޭއެމް އިން ޓިކެޓު ވިއްކަމުން އައި އުސޫލަށް ބަދަލުގެނެސްފައިވާއިރު، ރާއްޖޭގެ ސަޕޯޓަރުންނަށް ޖުމްލަ 3000 ޓިކެޓު ވިއްކުމަށް ވަނީ ނިންމާފައެވެ. އަދި އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކާއިރު، މި ޓިކެޓުތައް ވިއްކަމުން އަންނަނީ ގަލޮޅު ދަނޑުންނެވެ.

ރެއިއްސުރެ މެޗު ބެލުމަށް ދަނޑަށް ވަންނަން ޓިކެޓު ގަތުމަށް ކިއު ހަދާފައިވާއިރު، މިނިސްޓަރ މަހްލޫފް ވަނީ އެމީހުންގެ ޝަކުވާތައް އަޑު އެހުމަށްފަހު، ޔޫތު މިނިސްޓަރީ އާއި އެފްއޭއެމް ގުޅިގެން ވަނީ ދެޓީމު ސަޕޯޓަރުންނަށްވެސް ފަސޭހަ ގޮތަކަށް ޓިކެޓު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާ މެޗު އޮތީ މާދަމާ ރޭ 21:00 ޖަހާއިރެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދޭޓީމު ކަމަށްވާއިރު، ފައިނަލަށް ދަތުރުކުރަން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރުން ރާއްޖެއަށް މަޖުބޫރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *