ރާއްޖެ އަދި އިންޑިއާ މެޗަށް ޓިކެޓު ގަންނަން ކިއު ހަދާފައި ތިބި މީހުންނާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ބައްދަލުކުރައްވަނީ ---- ފޮޓޯ: ޖަޒީރާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާ މެޗަށް ޓިކެޓު ގަންނަން މިހާރުއްސުރެ ކިއު ހަދައިފިއެވެ.

މާދަމާ ހެނދުނު 10:00 ޖަހާއިރުން ފެށިގެން މެޗަށް ޓިކެޓު ވިއްކަމުންދާނެ ކަަމަށް އެފްއޭއެމް އިން ހާމަކޮށްފައިވާއިރު، މެޗަށް ޓިކެޓު ގަންނަން ސޯޝަލް ސެންޓަރ ސަރަހައްދުގައި މިހާރުއްސުރެ ކިއު ވަނީ ދަމާލާފައެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ މެޗުގެ ޓިކެޓު ގަތުމަށް ސޯޝަލް ސެންޓަރ ސަރަހައްދުގައި ކިޔު ހަދާފަ ތިބި ފަރާތްތަކުގެ ޝަކުވާ އަޑު އައްސަވައި، މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭ ގޮތަށް އިންތިޒާމްތައް ކުރެވެމުންދާ ކަމަށް، ވިދާޅުވެފައެވެ.

އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އަދި އިންޑިއާ ބައްދްަލުކުރާ މެޗަށް 3،000 ޓިކެޓު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މެޗަށް ހުރިހާ ޓިކެޓެއްވެސް ވިއްކަމުން ދާނީ ސޯޝަލް ސެންޓަރުގެ 3 ކައުންޓަރުން ކަމަށްވެސް ވަނީ އެ އެސޯސިއޭޝަނުން ބުނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޓިކެޓު ވިއްކާއިރު، އެފްއޭއެމް އިން ބުނެފައި ވަނީ މާދަމާ ކޮންމެ މީހަކަށްވެސް ވިއްކަމުންދާނީ 2 ޓިކެޓު ކަމަށެވެ.

އިންޑިއާ އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮތީ ބުދަ ދުވަހުގެ ރޭ 21:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ. ފައިނަލަށް ދިޔުމަށް މި މެޗު ކާމިޔާބުކުރަން ދެޓީމަށްވެސް މަޖުބޫރުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *