ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންގެ މައްޗަށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުރި ހޯދައިފިއެވެ.

އިޓަލީގެ މިލާންގައި ހުންނަ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ފްރާންސް މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދީ ފަހަތުން އަރައި 3-2 އިން ބެލްޖިއަމް ބަލިކޮށްގެންނެވެ. އަދި ސްޕެއިން ފައިނަލަށް ދަތުރުކުރީ 2-0 އިން އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ބަލިކޮށްގެންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕެއިންއެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް އެއްވެސް ލަނޑެއް ނުޖެހުނު އިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު ސްޕެއިންއަށް ޖަހައިދިނީ މިކެލް އޮޔަޒަބާލްއެވެ.

ސްޕެއިންއިން ލަނޑު ޖެހިތާ ދެ މިނެޓު ނުވަނީސް ކަރިމް ބެންޒޭމާ ވަނީ ލަނޑެއް ޖަހައިދީ ފްރާންސްއަށް އެއްވަރުކޮށްދީފައެވެ. މި މެޗުން ފްރާންސް މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ.

ފްރާންސް ވެގެން ގޮސްފައިވަނީ މި މުބާރާތް ކާމިޔާބުކުރި ދެވަނަ ޓީމަށެވެ. މީގެކުރިން 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ތަށި އުފުލާލީ ޕޯޗުގަލްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *