ޑީއާރު ޕީގެ ލީޑަރު އަބްދުﷲ ޖާބިރު -- ފައިލް ފޮޓޯ: ޖަޒީރާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އއ. މަތިވެރިއަށް ޖާބިރު ވަޑައިގެންނެވުމުން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަކުރީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން ޖެހީ 7 ދުވަހެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އެ ރަށުގެ މީހުން އޭނާ އެ ރަށުން ބޭލުމަށް ގޮވާލާ މުޒާހަރާކުރިއެވެ. ފުލުހުން އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިންއިރު މަސްލަހަތަށް ބަލައި، އޭނާ އެ ރަށުން ފުރުވާލުމަށްވެސް ފުލުހުން އެހީތެރިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *