އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވިއިރު އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުތައް އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ޓްރެވަރ ޗަލޯބާ ޗެލްސީއަށް ޖަހައިދިންއިރު ސައުތުހެމްޕްޓަންގެ ކެޕްޓަން ޖޭމްސް ވާޑްޕްރައުސް ވަނީ 61 ވަނަ މިނެޓުގައި ޕެނަލްޓީއެއް ކާމިޔާބުކޮށް އެޓީމަށް އެއްވަރުކޮށްދީފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ވީއޭއާރު ބެލުމަށްފަހު ވާޑްޕްރައުސްއަށް ރަތް ކާޑު ދެއްކުމާއެކު ޗެލްސީގެ ކުޅުން އިތުރަށް ވަރުގަދަކުރުމުގެ ނަތިޖާއެއްގެ ގޮތުން 84 ވަނަ މިނެޓުގައި ޓީމޯ ވާނާ ވަނީ ލަނޑެއް ޖަހާ އަލުން ލީޑު ޗެލްސީއަށް ނަގައިދީފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ޖަހައިދިނީ ބެން ޗިލްވެލްއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެއްވަރުވެފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑު އެންތަނީ މާޝިއާލް ޖަހައިދިންއިރު އެވަޓަންގެ ލަނޑު ޖަހައިދިނީ އެންޑްރޯސް ޓައުންސެންޑްއެވެ. ބްރައިޓަން އަދި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ވުލްވްސް 2-1 އިން ނިއުކާސަލް ބަލިކުރިއިރު ބާންލީ އަދި ނޯވިޗް ވެސް ވަނީ 0-0 އިން އެއްވަރުވެފައެވެ. ލީޑްސްއިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވޮޓްފޯޑް ބަލިކޮށްފައެވެ.

މި މެޗުތަކާއެކު ތާވަލުގެ އެއްވަނާގައި އެއް މެޗު އިތުރަށް ކުޅެގެން 16 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ދެވަނަ 14 ޕޮއިންޓާއެކު ލިވަޕޫލްއަށް ލިބޭއިރު ލަނޑުގެ ތަފާތުން ތިންވަނަ ލިބެނީ ޔުނައިޓެޑަށެވެ. އަދި ހަތަރުވަނަ ލަނޑުގެ ތަފާތުން އެވަޓަންއަށް ލިބޭއިރު 14 ޕޮއިންޓާއެކު ހަމަ ލަނޑުގެ ތަފާތުން ފަސްވަނަ ލިބެނީ ބްރައިޓަންއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *