ކޮވިޑް ވެކްސިން.

ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒެއް ނުވަތަ ބޫސްޓަރ ޝޮޓް ޖަހަން އެޕޮއިންޓްމެންޓަށް ހުޅުވާލައިފިއެވެ.

ސިއްހީ މާހިރުން ލަފާދިނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ޑޯޒް އެއް ނުވަތަ ބޫސްޓަރ ޝޮޓެއް ދިނުމަށެވެ. އެފަރާތްތަކަށް ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ނިންމާފައިވަނީ ފައިޒަރ ވެކްސިން އެވެ.

މިއަދުން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގައި ވަނީ ބޫސްޓަރ ޝޮޓް ޖަހަން ފަށާފައެވެ. އެޕޮއިންޓްމެންޓް ހެއްދޭނީ އެޗްޕީއޭގެ ވެބްސައިޓުންނެވެ.

އެޗްޕީއޭ އިން ބުނީ އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިވަގުތު ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ:
  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން
  • ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
  • ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40 އިން މަތީގައިވާ މީހުން)
  • ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
  • އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *