ދުނިޔެ
އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގައި އަލް ޖަޒީރާ ނޫސްވެރިއެއްގެ ބައްޕަ ޝަހީދުކޮށްލައިފި
އިސްރާއީލުން ގައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ގެތައް ހަލާކުވެފައި ---

ނިރުބަވެރި އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ގައްޒާއަށް ދިން ހަމަލާއެއްގައި އަލް-ޖަޒީރާގެ ނޫސްވެެރިއެއް ކަމަށްވާ އަނަސް އަލް-ޝާރިފްގެ ބައްޕަ ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ގައްޒާއަށް މިއަދު ދިން ނިރުބަވެރި ހަމަލާތަކެއްގެ ތެރޭގައި ނޫސްވެރިޔާ އަނަސްގެ ގެއަށް ބޮން އަޅާފައިވާ އިރު، އޭނާގެ 90 އަހަރު ބައްޕަ ޝަހީދުވީ އާއިލާއާ ވަކިން ހުއްޓައެވެ.

އަނަސްގެ ބައްޕަ، ގެއިން ނުގެންދެވި އޮތީ އުމުރުގެ ގޮތުން ސިއްހަތު ތަން ނުދޭތީއެވެ. ނޫސްވެރިޔާ އަނަސްގެ އާއިލާގެ އެހެން ބައެއް މެމްބަރުން ވަނީ އުންރްވާ ސްކޫލްގެ ވަގުތީ ހިޔާތަކަށް ގެންގޮސް ރައްކާތެރި ކޮށްފައެވެ.

އަލް-ޖަޒީރާއިން ބުނި ގޮތުގައި، އަނަސްއަށް ބައްޕައާ ހަމައަށް ނުދެވެއެވެ. އެއީ ސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގެއާ ކައިރި ނުވެވޭތީއެވެ.

އިސްރާއީލުން ގައްޒާއަށް އަނިޔާވެރި އެތައް ހަމަލާތަކެއް ދެމުން ގެންދާއިރު، މިހާތަނަށް އާންމުންގެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top