ކުޅުދުއްފުށީގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ށް ރާއްޖެއިން އިތުރު 95 ޕޮޒިޓިވް ކޭސް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން، ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް މުޅި ރާއްޖެއިން ޓެސްޓުކޮށްފައި ވަނީ 4،403 ސާމްޕަލެކެވެ.

ކޮވިޑަށް ޓެސްޓުކޮށްފައިވާ 4،403 ސާމްޕަލްގެ ތެރެއިން 1،527 ސާމްޕަލްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓުކޮށްފައިވާ ސާމްޕަލްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ އެޖެންސީން ބުނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީގެ ޕަސަންޓޭޖް އުޅެނީ 2 އިންސައްތައިގަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލް:
  • މާލެ ސަރަހައްދުން - 32
  • އަތޮޅު ތެރޭގެ ރަށްތަކުން - 61
  • ރިސޯޓްތަކުން - 02

އެޗްޕީއޭ އިން ހަމާކުރާ ގޮތުގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވިވްވެ، 1،564 މީހަކު ފަރުވާ ހޯދަމުން އަންނައިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އޭގެ ތެރެއިން 16 މީހުންނަށެވެ.

މީގެއިތުރުން މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 84،579 މީހުން ޕޮޒިޓިވްވެފައިވާއިރު،އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 82،769 މީހުން ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

ރާއްޖެއިން ކޮވިޑުގައި މިހާތަނަށް ޖުމްލަ 231 މީހަކު މިހާތަނަށް ދުނިޔެ ދޫކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނާއިރު، އޭގެ ތެރޭގައި އެކި ސަބަބުތަކާހެދި ކޮވިޑަށް ޕޮޒޓިވްވެ މަރުވި 13 މީހަކުވެސް ހިމެނޭ ކަމަށް އެ އެޖެންސީން ބުނެއެވެ. މިއާއެކު، އެމީހުން މަރުވެފައި ވަނީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ނުބަލައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.