ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ވެމްކޯގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރ އަކީ އިއުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ 1,000,000‎‏ (އެއްމިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލާގައި ކަމަށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމުގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ އޭނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޮނި ސޮލިއުޝަންސް ކިޔާ ކުންފުންޏަކާ ކަމަށާއި، އެ ކުންފުނީގެ ވެރިފަރާތާ ޝާފިއުގެ ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެ ސޮފްޓްވެއަރ ހެދުމުގެ މަސައްކަތް ކުރިއަށް ދިޔައީ ސީދާ ޝާފިއުގެ ބެލުމުގެ ދަށުން ކަން ވެސް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ވެށިފާރަ ސޮފްޓްވެއަރ ހެދުން ހަވާލުކޮށްފައިވަނީ އެމަޖަންސީ މަސައްކަތެއްގެ ގޮތުގައެވެ. އޭސީސީން ބުނީ ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ހިލާފަށް ކަމަށެވެ. އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށްކަން ވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ 8ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމާއި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވާ ކަން ވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.

ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް، އިއުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް ހިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ ހިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ ހިދުމަތް ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެއެވެ. ހަމައެހެންމެ،

އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާއުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ވެސް އޭސީސީގެ ތަހުގީގަށް އެނގޭ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.