ފަތުރުވެރިން ރާއްޖެ އައުން -- ފޮޓޯ: ސަން

އިނގިރޭސި ފަތުރުވެރިންނަށް އެއްވެސް ދައްޗަކާ ނުލައި، ދިވެހި ރާއްޖެއަށް އާދެވޭނެ މަގު ފަހިކޮށްދީފިއެވެ.

އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން މިއަދު ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީ އަޕްޑޭޓް ކޮށްފައިވާއިރު، އެ އެޑްވައިޒަރީގައި ބުނެފައި ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން، ޒަރޫރީ ދަތުރެއް މެނުވީ ރާއްޖެއަށް ނުކުރަން އެންގި އެންގުން އުވާލެވިފައިވާ ކަމަށެވެ.

މި އެޑްވައިޒަރީގައި އިތުރަށް ބުނެފައިވަނީ މި ނިންމުން އެގައުމުން ނިންމާފައިވަނީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ.

އިނގިރޭސި ރެޑް ލިސްޓުން މި ހިނގާ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ރާއްޖެ ނެގުމާއެކު، އިނގިރޭސި ފަތުރުވެރިންނަށް އެގައުމުގެ ސަރުކާރުން ހުއްދަ ދީފައި މިއަދާ ހިސާބަށް އޮތީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ރާއްޖެއަށް ނުކުރުމަށެވެ.

ނަމަވެސް، ޒަރޫރީ ބޭނުންތަަކަށް ނޫން ގޮތަކަށް ރާއްޖެއަށް ދަތުރުނުކުރުމަށް އިނގިރޭސި ސަރުކާރުން އެންގި އެންގުން އެ ގައުމުގެ ސަރުކާރުން މިއަދު އުވާލުމާއެކު، އިނގިރޭސި ވިލާތުން ރާއްޖެއަށް ފަތުރުވެރިން އައުމަށް އޮތް ހުރިހާ ދައްޗެއް މިވަނީ އެއްކޮށް ފިލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.