ވާވޭ ބްރޭންޑްގެ ފަހުގެ ފޯނުތަކަށް މިހާރު އުރީދޫގެ ސެލްފްކެއަރ އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ވާވޭއިން އުފެއްދި ފަހުގެ ފޯނުތަކަށް ގޫގުލް ޕްލޭސްޓޯރ ގެ ހިދުމަތް ނުލިބޭތީ އުރީދޫއިން ލިބޭ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް ބޭނުންކުރާ ސެލްފްކެއަރ އެޕް ބޭނުންކުރުމުގެ ފުރުސަތު ބައެއް ކަސްޓަމަރުންނަށް ލިބިފައެއް ނުވެއެވެ.

އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި ގޫގުލް ޕްލޭސްޓޯރ ގެ ހިދުމަތް ނުލިބޭ ވާވޭގެ ފޯނުތަކަށް އަމާޒުކޮށްގެން ސެލްފްކެއަރ އެޕް މިހާރު ލޯންޗުކޮށްފައިވާ ކަމަށާއި އެހެންކަމުން އެއްވެސް ދަތިކަމެއް ނެތި އެޕް މެދުވެރިކޮށް މިހާރު ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި މިއީ ވާވޭ އެޕް ގެލަރީގައި ރަޖިސްޓްރީކުރި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ އެޕް ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ވާވޭގެ ފަހުގެ ފޯނުތައް ގެންގުޅުއްވާ ފަރާތްތަކަށް މި ލިންކް ބޭނުންކުރައްވައިގެން އުރީދޫގެ ސެލްފްކެއަރ އެޕް ޑައުންލޯޑް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.