އައްޑޫ ސިޓީގެ ފްލެޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތު ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެދުވަހު 12:08 ހާއިރެވެ. ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.