އަދުހަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެއެވެ.

އަދުހަމް އިއުތިރާފު ވެފައި ވަނީ، ދައުލަތާއެކު އޭނާ ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. ދައުލަތާއެކު އޭނާ ވެފައިވާ އެއްބަސްވުމުގެ ދަށުން ކުށަށް އިއުތިރާފުވެ، ތަހުގީގަށް އެއްބަރުލުން ދޭ ނަމަ، އޭނާގެ މައްޗަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމާއެކު އެއްބަސްވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތިރާފް ވެ 3 އަހަރުގެ ޖަލު ހުކުމަކަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތް  ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށް ފަހު އަދުހަމާއި ދައުލަތުގެ ވެސް އެދުމުގެ މަތިން ވަނީ ސިއްރުކޮށްފައެވެ. ޝަރީއަތް ސިއްރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީއެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމި މި މަހުގެ ފުރަތަމަ 15 ދުވަސް ނިމުމުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލައިގެންނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެ ވަގުތު އެ ސަރަހައްދުގައި އުޅުނު އެހެނިހެން މީހުންނަށް ވެސް އެކިވަރުގެ ޒަހަމް ލިބިފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.