އދގެ އާންމު މަޖިލީހުގެ 74 ވަނަ ސެޝަންގައި ރައީސް ސޯލިހް ތަގުރީރު ކުރައްވަނީ -- ފައިލް ފޮޓޯ

ރާއްޖެ ގަޑިން މިރެ 7:00ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގުރީރު ކުރައްވާނެއެވެ.

އދ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 6:00ގައެވެ. މި ޖަލްސާގައި ރައީސް ސޯލިހް ތަހުގީގު ކުރައްވާނީ 3 ވަނަ އަށެވެ. ރައީސް ސޯލިހްގެ ކުރިން ތަގުރީރު ކުރައްވާނީ، ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ.

އދ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ރައީސް ސޯލިހް ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދިވެހި ބަހުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ. މީގެ އިތުރުން، މިފަހަރުގެ އދ އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ފައްޓަވައި ދެއްވަމުން، އދ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަގުރީރު ކުރެއްވީ ވެސް ދިވެހި ބަހުންނެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.