ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ، އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ނައިބްރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތަކަށް ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވަމުން، ނައިބްރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

މީގެއިއުތުރުން ކޮންމެ ކުއްޖަކީވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން ހާއްސަކަ ސަމާލު ކަމެއް ދެމުން ގެންދާ ކަމަށްވެސް އެ މަނިކުފާނުގެ ފާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންގެ މައްސަލަތަކާ ގުޅިގެން ނައިބްރައީސް ވަނީ އިއްޔެ ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ވަޒީރުންނާވެސް ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ، އެ މަރުކަޒުގައި ތިބި ކުދިންގެ އިތުރުން، އެ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *