ޚަބަރު
ރައީސް ޑރ. މުއިއްޒުގެ އިންތިހާބީ އެޖެންޓް ނާއިފް، ފެނަކަ ޑީއެމްޑީގެ މަގާމަށް
އިބްރާހީމް ނާއިފް ---

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކެމްޕޭން ތެރޭގައި މަސައްކަތް ކުރެއްވި، ލ. ފޮނަދޫ ބަގީޗާގޭ އިބްރާހީމް ނާއިފް، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ނާއިފް، އެމަގާމާ ހަވާލުވެފައިވާކަން މިއަދު “ލާމް ޓޭލްސް” އަށް އޭނާ ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ނާއިފަކީ މީގެ ކުރިން އެސްޓީއޯ ފޮނަދޫ ފިހާރައިގެ އިތުރުން ލ. އަތޮޅު ކައުންސިލްގައިވެސް މަސައްކަތްތަކެއް ކުރެއްވި ހިންގުންތެރި ބޭފުޅެކެވެ. އޭނާ ވަނީ އޭގެ ފަހުން ލ. އަތޮޅު ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ކައިރީގައިވެސް ވިޔަފާރި މަސައްކަތްތައް ކުރައްވައިފައެވެ.

ނާއިފަކީ އިންތިހާބު ތެރޭގައި ބުރަކޮށް މަސައްކަތް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

23
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ބޮޑޭ6 މަސް ކުރިން

ހައްގު. ސާބަހޭ ބްރޯ

ހަސަން6 މަސް ކުރިން

މަރުހަބާ ޖޭމްސް ��

Home
Menu
Search
Back to top