ރާއްޖެއަށް އައި ފަތުރުވެރިން ފްލައިޓުން ފައިބަނީ -- ފޮޓޯ: ޓުވިޓަރ

ޔޫކޭ ރެޑް ލިސްޓުން ރާއްޖޭގެ އިތުރުން 7 ގައުމެއް އުނިކުރަން ނިންމައިފިއެވެ.

ޔޫކޭގެ ޓްރާންސްޕޯޓް ސެކެޓްރީ ގްރޭންޓް ޝަޕްސް ވިދާޅިވޯ،  ޔޫކޭ ރެޑް ލިސްޓުގައި ހިމެނިފައިވާ 8 ގައުމަކަށް  އަންނަ ބުދަ ދުވަހުން ފެށިގެން ޔޫކޭ ރެޑް ލިސްޓުން 8 ގައުމެއް އުނިކުރަން ނިންމާފައިވާ ކަމަށެވެ.

މިއާއެކު، އަންނަ ބުދަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރު ކުރެވޭނެ ކަމަށް  އެ 8 ގައުމަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން އެ ގައުމުތަކުން  ހޮޓެލް ކަރަންޓީންވާން ނުޖެހޭ ކަމަށެވެ.

ޔޫކޭ ރެޑް ލިސްޓުން ބުދައިން ފެށިގެން އުނިކުރާ ގައުމުތައް:

  1. ތުރުކީ
  2. ޕާކިސްތާން
  3. ރާއްޖެ
  4. 4. އިޖިޕްޓް
  5. ސްރީ ލަންކާ
  6. އޮމާން
  7. ބަންގްލަދޭޝް
  8. ކެންޏާ

ޔޫކޭ ރެޑްގެ ލިސްޓުން ރާއްޖެ އުނިކުރުމަށް އެދި  އިނގިރޭސި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އަޑު ސުވުލޒސި، ދިގު އިންތިޒާރެއް ކޮށްފައެވެ.

އިނގިރޭސިވިލާތުން އެގައުމަށް ދަދަތުރުކުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަނޑައަޅާފފައިވާ އުސޫލުތަކަށް ލުއި ދިނުމުގެ ގޮތުން ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހޯދުމަކާ ނުލައިވެސް އެތެރެވުމަށް ހުއްދަ ދީފައިވާއިރު، 2 ޑޯޒް ޖަހާފައިވާ ފަރާތްތައް ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދަން މިހާރު ނުޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.