ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ދަ ޕްރެސް

އައްޑޫ ސިޓީގައި ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ފުލުސްމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އުމުރުން 34 އަހަރުގެ ފިރިހެން ފުލުހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި އިރު، އޭނާ ހައްޔަރުކުރީ ރޭގައެވެ. އޭނާ ހައްޔަރުކުރީ އެ މައްސަލަ ފެންމަތިވެ އޭނާ ދިރިއުޅޭ ގެ ކަިރިއަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ މުޒާހަރާ ވެސް ކޮށްގެންނެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ވެސްކޮށްފައިވާއިރު އެކަމުގެ ތެރެއިން އާންމުންގެ ގިނަ ބަޔަކަށް އަނިޔާވެސް ވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާ ރޭޕްކޮށްފައިވަނީ ބިރު ދައްކައިގެންނެވެ. އެގޮތުން އެ ކުއްޖާގެ ފާހަނާގައި ކެމެރާ ހަރުކޮށް ވީޑިއޯކޮށް އެ ލީކް ކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން ކުއްޖާ ރޭޕްކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.