ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު 1:28ގައި މަރުވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ މިއަދު މަރުވެފައި ވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި 229 ވަނަ މީހާއެވެ.
Today (17/09/21) at 01:28 pm a 87-year-old Maldivian male admitted at Hulhumale Medical Facility has passed away
This is the 229th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant him soul eternal peace in heaven
— Health Protection Agency (@HPA_MV) September 17, 2021
ރާއްޖޭގައި މި އަހަރުގެ ކުރީކޮޅު ކޮވިޑް ވަރަށް ބޮޑަށް ފެތުރި، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ކަންބޮޑުވާ ދަރަޖައަށް އިތުރުވެގެންދިޔައެވެ. ނަމަވެސް ސަރުކާރުން ކަނޑައެޅި ހަރުކަށި އުސޫލުތަކާއި، ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތާއެކީ ބަލި އެންމެ ބޮޑަށް ފެތުރުނު ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން ކުރިޔަށްގެންދިޔަ ގައުމީ ވެކްސިން ކެމްޕޭނާއެކު، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ ބޮޑު ބައެއް ވަނީ ބައިވެރިވެ، 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ފިޔަވަޅު އެޅާނެކަން ސަރުކާރުން އިއުލާން ކުރުމާއެކު، ޝަރުތުރު ހަމަވާ އާބާދީގެ މަދު ބައެއް ފިޔަވައި ވަނީ 1 ޑޯޒް ޖަހާފައެވެ.