ގދ. ތިނަދޫ -- ފޮޓޯ: ގާފު

ހުވަދުއަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އަޕާ ސައުތް ޕޮލިސް ޑިވިޝަންގައި (ގއ އަދި ގދ އަތޮޅު ހިމެނޭ ސަރަހައްދު) ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަސް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ މިމަހު 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ފުލުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް ރިޕޯޓުކުރެވެއެވެ. މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނިންމުމަށް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މިފަދަ މައްސަލަތަކުގައި މިހާތަނަށް އިންސާފު ލިބިފައިވަނީ ވަރަށް މަދު ބަޔަކަށެވެ

އާއްމުކޮށް ޖިންސީ ގޯނާއާއި ރޭޕްގެ ގިނަ ކޭސްތައް ނިމިގެންދަނީ، ކުށްކުރާ މީހުންނަށް އަދަބު ނުދެވި މުޖުތަމައަށް ދޫވާ ހިސާބުންކަން ރައްޔިތުން އަބަދުވެސް ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. […] ހުވަދުއަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، އަޕާ ސައުތް ޕޮލިސް ޑިވިޝަންގައި (ގއ އަދި ގދ އަތޮޅު ހިމެނޭ ސަރަހައްދު) ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަސް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ މިމަހު 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި… އިތުރަށް ވިދާޅުވޭ […]

ކޮމެންޓް

Your email address will not be published. Required fields are marked *