ފުވައްމުލައް ސިޓީ -- ފޮޓޯ: ނިމާ ހަސަން / ޖަޒީރާ

ކޮވިޑްގެ ހާލަތު ގޯސްވެ، މޮނިޓަރިންގެ ހާލަތަށް ލާފައިވާ ފުވައްމުލައް ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ.

ފުވައްމުލައް ސިޓީން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މެއި 6 ވަނަ ދުވަހުއެވެ. އޭރު 3 މަސް ވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު މޮނިޓަރިން އުވާލީ އޮގަސްޓް 5 ގައެވެ. މޮނިޓަރިން އުވާލިތާ ތިން ހަފްތާ ނުވަނީސް އޮގަސްޓް 22ގައި އަނެއްކާވެސް އެރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތު އުވާލިއިރު، އޮގަސްޓް 3ވަނަ ދުވަހު އެރަށުން ވަނީ ކޮވިޑް ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައެވެ. އެ މީހާގެ ކޭސްއާ ގުޅިގެން ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، ފުވައްމުލަކުން ރެންޑަމް ސާމްޕަލްތައް ވެސް ޕޮޒިޓިވް ވަމުން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

ދިރާސީ އާ އަހަރާ ދިމާކޮށް މޮނިޓަރިން އުވާލިއިރު، މޮނިޓަރިން އުވާލުމުން ފުވައްމުލަކުގެ ހާލަތު ގޯހުން ގޯހަށް ދިޔަކަން ބައެއް މީހުން ފާހަގަކުރެއެވެ. އެހެންކަމުން އަލުން އަނބުރާ މޮނިޓަރިން އަށް ލީއިރު، އެ ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 200 އާ ގާތް ކުރެއެވެ.

ހާލަތު ގޯސްވެ، އަނެއްކާ މޮނިޓަރިންއަށް ލިތާ 4 ހަފްތާއެއްހާ ދުވަސްފަހުން އަނެއްކާ އާންމު ހާލަތަށް ގެނައި އިރު، އެރަށުގައި ތިބީ 43 އެކްޓިވް ކޭސްއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ޕޮޒިޓިވްވި 29 މީހުންނާއި، ފްލޫ ކްލިނިކުން ޕޮޒިޓިވްވި 9 މީހެއްގެ އިތުރުން ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި 5 މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *