ސްރީލަންކާގައި ލޮކްޑައުން ކާފިއު އިއުލާން ކޮށްފައިވާ ވަގުތެއްގައި އެ ގައުމުގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ސްރީލަންކާގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ނިންމައިފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އޮކްޓޯބަރުގެ ނިޔަލަށް ލޮކްޑައުން ދަންމާލަން ނިންމީ، އިތުރުވަމުން އަންނަ ކޮވިޑުގެ ކޭސްތަކުގެ ސަބަބުން ފިޔަވަޅުތައް ވަރުގަދަކުރަން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުގެ ސަބަބުންނެވެ.

މިފަހުން ލަންކާ ލޮކްޑައުން ކުރީ އޮގަސްޓް 20 ގައި ކަމަށްވާއިރު، އޭރު ލޮކްޑައުން ކުރީ އެންމެ 10 ދުވަހަށެވެ.

ލަންކާގެ ލޮކްޑައުން ކާފިއު އިއުލާން ކޮށްފައި ވާއިރު، ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ބޭރު ފައިސާ އަމިއްލަ ބޭންކުތަކުން ހުސްވުމުގެ ސަބަބުން ލަންކާގައި ވަނީ ކާބޯތަކެތީގެ އިމަރޖެންސީ އިތުރު ކޮށްފައެވެ. ކާބޯތަކެތީގެ އިމަރޖެންސީ އިއުލާނުކުރައްވަމުން އެ ގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެއްކުރުމަށްފަހު ފޮރުވުން މަނާކޮށްފައެވެ.

ރައީސް ގޮތަބަޔާ ވަނީ މި ހާލަތުގައި ކާބޯތަކެތި ފޮރުވާ މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައެވެ. އެގޮތުން ކާޑުގެ ބާވަތްތައް ފޮރުވާފައި ބަހައްޓާ މީހުންގެ އަތުން މުދާ އަތުލާ، ކޮންޓްރޯލް އަގުތަކުގައި އެތަކެތި ވިއްކުމުގެ ބާރު މިހާރު ކަމާ އިދާރާތަކަށް ލިބޭނެ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *