ކެރީބިއަންގެ ގައުމެއް ކަމަށްވާ ކިއުބާގައި 2 އަހަރުގެ ކުޑަކުދިންނަށް ވެސް ވެކްސިން ދޭން ފަށައިފިއެވެ.

ކިއުބާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޑަކުދިންނަށް ވެކްސިން ދޭން ފެށީ، ސްކޫލްތައް އަލުން ހުޅުވާލުމުގެ ބޭނުމުގައެވެ. މި ޕެންޑެމިކް ތެރޭގައި ކިއުބާގައި ސްކޫލްތަކަށް ގޮސްގެން ކިޔަވާދިނުމުގެ ބަދަލުގައި ކިޔަވާދެނީ ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށެވެ.

ކިއުބާގައި އުފެއްދި ވެކްސިން، ކުޑަކުދިންނަށް ރައްކާތެރިކަމަށް އެ ގައުމުން ނިންމީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑުން ދިފާއުވުމަށް އެހެން ގައުމުތަކުން ވެކްސިން ގަތުމުގެ ބަދަލުގައި ކިއުބާ އިން އިސްކަން ދިނީ އަމިއްލަ ވެކްސިނެއް އުފެއްދުމަށެވެ. މި ވެކްސިނަކީ އިންސާނުންނަށް ރާއްކާތެރި އެއްޗެއް ކަމަށް ކިއުބާގެ ސައިންޓިސްޓުން ބުންޏަސް، ބޭރުގެ މާހިރުންނަށް ވެކްސިން ޓެސްޓުކުރުމުގެ ފުރުސަތެއް ނުލިބެއެވެ. އެ ގައުމުގެ ސަރުކާރުން ބުނާގޮތުގައި ކިއުބާ ވެކްސިންއަށް ޑަބްލިއުއެޗްއޯގެ ހުއްދައަށް އެދޭނެ ކަމަށެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ހަތަރު މިލިއަން މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. 11.2 މިލިއަންގެ އާބާދީއެއް އޮންނަ ކިއުބާގެ އަމާޒަކީ ނޮވެމްބަރު މެދު ތެރޭގައި ބޯޑަރުތައް ހުޅުވާލުމުގެ ކުރިން އާބާދީގެ 90 އިންސައްތަ އަށް ވެކްސިން ދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *