ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުގެ ސަބަބުން މިފަހަކަށް އައިސް، މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާއަށް ހެޔޮ އަގުގައި ތަކެތި ގަންނަން ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކަސްޓަމްސް އޮފިސަރުން ކުރާ މަސައްކަތް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިފަހަކަށް އައިސް އަތުލައިގަނެވޭ މަސްތުވާތަކެތި އިތުރުވެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކުރާ ކުޅަދާނަކަން ވެސް ފާހަގަކުރެއްވިއެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު އަންހެނަކު ވެސް އަތުލައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.