ކުދަކުދިންނަށް ޖިންސީ އަނިޔާ ކުރުމާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް --

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސައަކާ ގުޅިގެން ރޭ 23:09 ހާއިރު 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާއަކި ފުލުހުންގެ ވަޒީފާ އަދާ ކުރަމުން އަންނަ މީހެއް ކަމަށެވެ.

ސައުތު ޕޮލިސް ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ) އަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅިފައިވާ މި މައްސަލަ އެފްސީޕީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިޔަށް ގެންދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *