ތޫނު ހަތިޔާރާއެކު މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރި ހިންގައިފި އެވެ.
އެނގިފައިވާގޮތުގައި އެއް މާރާމާރި ހިންގާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ. ދެވަނަ މާރާމާރި ހިންގާފައިވަނީ އަސާރީ ގޯޅީގއެވެ.
އޭގެތެރެއިން ރާޅުގަނޑު ސަރަހައްދުގެ ޕޭމެންޓަށްވާގޮތަށް ދެ ވަޅި ވެއްޓިފައި އޮންނަތަން ފެނެ އެވެ.
އެ މާރާމާރި އާއި ގުޅިގެން ފުލުހުން ބުނީ މިރޭ 19:35 ހާއިރު، ކިންގް ސަލްމާން މިސްކިތް ކައިރިން އޮންނަ ދަނޑު ކައިރީގައި މާރާމާރިއެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މައުލޫމާތު ލިބުމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަމުންގެންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާތަކެއް ލިބުނުކަމެއްވެސް އަދި ނޫންކަމެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާގޮތުގައި އަނެއް މާރާމާރި ހިންގާފައިވަނީ އަސަރީ ގޯޅީގަ އެވެ. އަދި މީހެއްގެ ކަރަށް ވަޅި ހަރާފައިވާކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކާއި ހަވާލާދީ ބައެއް ނޫސްވެރިން ރިޕޯޓްކުރެ އެވެ. އެކަމުގައިވެސް ފުލުހުންގެ ބަހެއް ލިބޭގޮތްވެފައެއް ނުވެ އެވެ.
އިތުރު ތަފްސީލް އަންނަނީ...