ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ކޮވިޑްގައި ނިޔާވި ޖުމްލަ އަދަދު 52 އަށް އަރައިފި އެވެ.

ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންގެންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެންމެފަހުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު 122 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،736 އަށް ވަނީ އަރައިފަ އެވެ. އެއީ ޖެހިޖެހިގެން ކޮވިޑަށް 100 އިން މަތިން މީހުން ޕޮޒިޓިވްވި ހަތްވަނަ ދުވަހެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އެއަށްފަހު ހޯމަ އަދި އަންގާރަ އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް އަދަދުތައް ހުރީ 100 އިން މަތީގައެވެ. އިއްޔެވެސް ކޮވިޑަށްވަނީ 118 މީހަކު ޕޮޒިޓިވްވެފައެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 152 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،582 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،096 މީހަކު ރަނގަޅުވެފައެވެ.

0
0
0
2
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.