މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް، ޕާކިންގ ޒޯންތައް ކުއްޔަށް ދޫކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލޭގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންގް ޒޯންތައް ކުއްޔަށް ދޫކުރުމަށެވެ. އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގް ސްލޮޓްތައް ގަތުމަށް އެކަމަށް ޚާއްޞަކޮށްފައިވާ "ޕާކިންގް ޕޯޓަލް" މެދުވެރިކޮށް ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން އެދެވޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، އެ އިއުލާން މިހާރުވަނީ ބާތިލްކޮށްފައެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުން ފާސްކޮށްފައިވާ ޕާކިންގ ޒޯން އުޞޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާތީއެވެ. މަގުތަކާއި ގޯޅިތަކުގެ ޕާކިންގ ޒޯންގަ ފީ ދައްކައިގެން ހަތަރު ފުރޮޅު ލީ އުޅަނދު ޕާރކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 07 ފެބުރުއަރީ 2021 ވަނަ ދުވަހު މެންދުރު 13:00 އިން ފެށިގެން ހުޅުވާލާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގް ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތަށް ހުސްވަންދެނެވެ. ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަދަށް އެކަންޏެވެ. ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެއެވެ.

މަގުތަކުގައި ހުރި ޕާކިންގ ޒޯންތައް ވިއްކަން ފެށުމުން އާންމުގެ ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވެފައިވެއެވެ. އެއީ ކޮރަޕްޝަނަށް މަގު ފަހިވާނެކަމެއްކަމަށް އެއް ބަޔަކު ތުހުމަތުކުރާއިރު، އަނެއް ބަޔަކުދެކެނީ މާލޭގެ މަގުތަކުގެ ހާލަތު އޮތީ ޕާކިންގ ޒޯންތަކަށް ވިއްކާވުރެ ދަށުގައިކަމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.