ޚަބަރު
އިންސާނީ ހައްގުތަކަށް އަހުލުވުރި ކުރުވަން ކަލައިދޫ ކައުންސިލުން ފުލުހުންނާ ގުޅިގެން ހާއްސަ ސެޝަންތަކެއް ނަގައިދީފި
ރޭ ކުރިއަށް ގެންދިޔަ ސެޝަނުގެ ތެރެއިން ---

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް، އިއްޔެ ލ. ކަލައިދޫ ކައުންސިލުން ސްކޫލް ކުދިންނާއި މުއައްސަސާތަކުގެ މުއައްޒަފުންނަށް ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.

ލ. ކަލައިދޫ ކައުންސިލް އިދާރާއިން އިސް ނަގައިގެން އިއްޔެ ކުރިއަށް ގެންދިޔަ މައުލޫމާތު ސެޝަންތައް ނަގައިދީފައި ވަނީ ފުލުހުންނާއި، ލާމު ޔޫތު ޑެވަލޮޕްމަންޓް ޖަމިއްޔާއާ ގުޅިގެންނެވެ. ޖުމުލަ ތިން ސެޝަނެއް އިއްޔެ ކަލައިދޫ ޔޫތު ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ އިރު، ފުރަތަމަ ސެޝަނުގައި ބައިވެރިވީ ގްރޭޑް ހަތަރަކުން ފެށިގެން ގޮސް، ހަތެއްގެ ދަރިވަރުންނެވެ. ދެވަނަ ސެޝަނުގައި ގްރޭޑް އަށެއް، ނުވައެއް އަދި 10 ގެ ދަރިވަރުން ބައިވެރިވެފައިވާ އިރު، ރޭ ނެގި ސެޝަނުގައި ބައިވެރިވީ ބައެއް ބެލެނިވެރިންނާއި މުއައްސަސާތަކުގެ ބޭފުޅުންނެވެ.

ރޭގެ ސެޝަނުގައި ކަލައިދޫ ކައުންސިލްގެ ރައީސް ކައުންސިލްގެ ރައީސް އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފައިވާ އިރު، ސެޝަން ފެށުމުގެ ކުރިން ޝިޔާމް ވަނީ ފުލުހުންނާއި ލާމު ޔޫތު ޑެވަލޮޕްމެންޓަށް ޝުކުރު އަދާކުރައްވައިފައެވެ. ޝިޔާމް ވިދާޅުވީ އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި، އެފަދަ ދުވަހެއްގައި އިވެންޓެއް ބޭއްވުން އެއީ ލިބޭ އުފަލެއް ކަމަށެވެ.

ކަލައިދޫ ކައުންސިލުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތަށް ރަނގަޅު ތަރުހީބެއް ލިބިފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top