ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މަރޮށީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރާނެއެވެ. އަދި ގްރައިން ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި 416 މީޓަރުގެ އެއްގަމު ތޮށި ޖެހުމަށް ވެސް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން ރޭމްޕް ހެދުމާއި، މަގު ބައްތި، އަދި ނެވިގޭޝަން ބައްތިި ހަރުކޮށް، 2080 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމަށް ވެސް އެއްބަސްވެފައިވެއެވެ.
މި މަޝްރޫގެ މަސައްކަތް ނިންމަން ހަމަޖައްސާފައި ވަނީ 420 ދުވަސް ތެރޭގައެވެ. މި މަޝްރޫޢުގެ އަގަކީ 43.3 މިލިއަން ރުފިޔާއެވެ.