ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގައިވެސް މުއްދަތު ހަމަވެފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުން ކުރެވޭނެކަމަށް ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.
ޑީއެންއާރް އިން މިގޮތަށް ނިންމާފައި މިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާތީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީ އައިޑީ ކާޑު ހަދައިދިނުމުގެ ހިދުމަތް މެދުކަނޑާލައިފައިވާތީއެވެ. އެހެންނަމަވެސް، އޮންލައިންކޮށް ކާޑު ހެއްދުމަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.
އައިޑީ ކާޑު ހައްދައިދިނުމުގެ މަސައްކަތް ފަށައިގަންނަ ވަކި ތާރީޚެއް ޑީއެންއާރްއިން އިއުލާންކޮށްފައި ނުވާއިރު، ކުރިޔެކޭވެސް އެއްފަދައިން މުއްދަތު ހަމަވެފައިވާ ކާޑަށް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ޚިދުމަތް ފޯރޮކޮށްދޭ ހުރިހާ ފަރާތްތަކުންވެސް ޚިދުމަތް ފޯރޮކޮށް ދެއްވުމަށް އެ ޑިޕާޓްމެންޓުންވަނީ އެދިފައެވެ.
އަދި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގައިވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭނެ ގޮތަށް ޑީއެންއާރް އިން ވަނީ ނިންމާފައެވެ. މި ދެ އިންތިޚާބު ބޭއްވުމަށްވެސް އީސީއިން ނިންމާފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.