ކޮވިޑް-19 ރައްކާތެރިވުމަށް ދެވޭ ވެކްސިން ގުޅެގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރުމަށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަން ކޮމިޝަން (އީސީ) އިން  ޕާޓީގެ މެންބަރުންނަށް އެކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފިއެވެ. 

އީސީން ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ އިރު، ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކެމްޕޭން ކުރެވޭނެ މާޙައުލެއް ގާއިމްވެފައި އޮތުމަކީ އިންތިހާބުގެ ވޯޓަސް ޓާންއައުޓް މަތިވާނެ ކަމަށް ލަފާކުރެވޭތީވެ، ވެކްސިންއާ ގުޅިގެން އޮޅުން އަރާފަދަ މައުލޫމާތު ނުފަތުރަން އެ ކޮމިޝަނުން ވަނީ ހުރިހާ ޕާޓީތަކަށް އިލްތިމާސް ކޮށްފައެވެ. 

ވެކްސިނާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ އިހްތިޖާޖުތަކުގައި އޮޅުން އަރާ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ބައެއް އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއަށް ގެނައި ''ކޮވިޝީލްޑް'' ވެކްސިން އަކީ ޖަހަން ރަނގަޅު ނޫން ވެކްސިނެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *