ބޭއަދަބީ ބަހުން އާއްމު ތަނެއްގައި އަވަގުރާނަ ގޮވިކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އަށް އުފުލާފައިވާ ދައުވާ އަށް ޕީޕިއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަދުރޭގެ މައްޗަށްކުރާ ދައުވާގެ ފުރަތަމަ އަޑު އެހުން ބާއްވައި ޝަރިއަތް ވަނީ މިއަދު ފަށާފައި އެވެ. އެ އަޑުއެހުމުގެ ކުރިން ޓްވިޓާގައި ޝިޔާމް ވިދާޅުވީ، މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ''ފިޓަށް'' ގޮސްފިކަން ހާމަވާ ދުވަހެއް ކަމަށެވެ. އަދި އަދުރޭގެ މައްޗަށް ކުރާ ދައުވާ އަކީ ''ކުޅޭ ކުޅޭ ދައުވާ''އެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވާފައެވެ. 

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުރޭގެ ފަރާތުން ވަނީ ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށް އެދިފައެވެ. އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި އޮންނާނީ ދައުވާ ލިބޭ ފަރާތް، ޖަވާބުދާރީ ވުމެވެ. އެހެންނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ވަކި ތާރީހެއް މައްސަލަ ބެއްލެވި ގާޒީ ކަނޑައަޅުއްވާފައެއް ނުވެއެވެ.

އަދުރޭގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކޮށްފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައި އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، އަދުރޭ، ކޯޓުގެ ގާޒީންނަށް މުހާތަބުކޮށް ދެއްކެވި ވާހަކައެއްގައި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *