މާދަމާ ވެކްސިން ދޭން ފެށުމާއި އެކު އުފާވެރި ދިރިއުޅުމަށް އެނބުރި ދެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ އިތުރުން އުތުރުގެ އެންމެ ބޮޑު އާބާދީ ހިމެނޭ ކުޅުދުއްފުށި އަދި ދެކުނުން، ދެކުނުގެ އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީގައި މާދަމާ ވެކްސިން ދޭން ފަށާނެއެވެ. އެގޮތުން އައްޑޫ ސިޓީ އިން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން މާދަމާ ވެކްސިން ދިނުމުގެ ކަންކަން ފަށާނެއެވެ.

މާދަމާ ވެކްސިން ދޭން ފަށާކަން ފާހަގަކުރައްވާ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދުއާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށްދެއްވުން ކަމަށެވެ. 

އެޗްޕީއޭއިން ބުނިގޮތުގައި ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަންދީގެންނެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތިބާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ރާއްޖޭގައި ފުރަތަމަ ދިނުމަށް ނިންމާފައިވަނީ "ކޮވިޝީލްޑް" ވެކްސިންއެވެ. މީގެ 50،000 ވެކްސިން އިންޑިއާ ސަރުކާރުން ހަދިޔާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.