ތިން މަޝްރޫއެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. 

ޕްލޭނިންގް މިނިސްޓްރީ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ މަޝްރޫއެކެވެ. 

އެގޮތުން ހދ. ނެއްލައިދޫ ރަށް ގިރުމުގެ މަައްސަލަ ހައްލުކުރުމަށްޓަކައި، ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު މި މަޝްރޫއަކީ 19 މިލިއަން ރުފިޔާއަށް، 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މަސައްކަތެކެވެ. 

އއ. ބޮޑުފޮޅުދޫ ބިންހިއްކުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ތެރޭގައި ނިންމާގޮތަށެވެ. މިއީ 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1052 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 180 މީޓަރުގެ ބްރޭކްވޯޓަރ އަދި 110 މީޓަރުގެ ގްރޮއިން ޖެހުމުގެ ގާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މީގެއިތުރުން ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއު އަކީވެސް 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކުރެވުނު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1150 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 75 މީޓަރުގެ ގްރޮއިން ޖެހުމުގެ ގާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.