އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕެއް ރާއްޖެ އަތުވެއްޖެއެވެ. 

"ދަރްޝަކް" އިން ރާއްޖޭގައި މިއަދުން ފެށިގެން އަންނަ މާރިޗް 15 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

ސަރވޭއާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ މި ސަރވޭއަކީ ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި ކުރަން ރާވާފައިވާ މި މަސައްކަތެއް ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަރވޭއެއް ކަމަށް އެ ފޯސްއިން މައުލޫމާތުދެއެވެ. 

އެމްއެންޑީއެފުން ބުނީ ސަރވޭގެ ސަބަބުން، ފަރަށް އެރުންފަދަ ކަނޑުމަތީގެ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންގެ މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު މި ސަރވޭއިން އެއްކުރެވޭނެއެވެ.

ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.