ކޮވިޑް 19 ގެ ކޭސްތައް ނުކަތާވަރަށް އިތުރުވެ ޕޯޗުގަލްގެ އައިސީޔޫ އެނދުތައް އެއްކޮށް ފުރުމުގެ ބިރު ހީވެއްޖެއެވެ. އެގައުމުގެ މައި ސަރަހައްދުތަކުގައި ހުންނަ ހޮސްޕިޓަލްތަކުގައި ހުރި 850 އައިސީޔޫ އެނދުތަކުގެ ތެރެއިން 843 އެނދެއްގައި ބަލި މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. 

ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބަދީއެއް އޮންނަ ޕޯޗުގަލްގެ ޖަޒީރާ ރަށްތަކަށް ބަލި މީހުން ފޮނުވަން ޖެހިފައިވާއިރު އެ ރަށްތަކުގައި ޖުމްލަ 450 އައިސީޔޫ އެނދު އެބަހުއްޓެވެ. 

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ ގައުމުން 16،432 މީހުން ކޮވިޑަށް ޕޮޒޓިވްވިއިރު އެއީ ރެކޯޑް އަދަދެކެވެ. މިއަދަދު 12،435 އަށް އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވަނީ ތިރިކުރެވިފައެވެ. 

ޕޯޗުގަލްއިން ވަނީ މިހާތަނަށް ކޮވިޑް 19 ގެ 711،018 ކޮވިޑް 19 ކޭސް ރިޕޯޓްކޮށްފައެވެ. އަދި މި ބަލީގައި އެގައުމުގެ 12،179 މީހަކު މަރުވެފައިވެއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ދުނިޔެއިން ކޮވިޑަށް ޕޮޒިޓިވްވި ގައުމަކީ ވެސް މިހާރު ޕޯޗުގަލްއެވެ. އަންނަ ފެބްރުއަރީ މަހުގެ މެދުތެރެޔާ ހަމަޔަށް އެގައުމު އޮތީ ލޮކްޑައުން ވެސް ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.