އަދާލަތު ޕާޓީގެ އެތެރޭގެ "ރިޔާސީ އިންތިޚާބު" ކާމިޔާބު ކުރެއްވުމާއެކު ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ އަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް އަލީ ޒާހިރު (އަލިޕީ) މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް ވަނީ ވޯޓުލީ މީހުންގެ 84.6 އިންސައްތަ ވޯޓު ލިބިފަ އެވެ. އެއީ 921 ވޯޓެވެ. އިމްރާނާއި ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއަށް ލިބިވަޑައިގެންނެވީ 15.35 އިންސައްތަ ވޯޓެވެ. އެއީ 167 ވޯޓު އެވެ.  

ވަގުތީ ނަތީޖާ އިއުލާންކުރުމާއި ގުޅިގެން ޓްވީޓް ކުރައްވަމުން އަލިޕީ ވަނީ އިމްރާންއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، މިފެށޭ ދައުރަކީ ހުރިހާ ގޮތަކުންވެސް އަދާލަތު ޕާޓީއަށް ކާމިޔާބު ދައުރަކަށް ވުމަށް އެދޭކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސްކަން އިމްރާން ކުރައްވަމުންގެންދަވަނީ 2011 އިން ފެށިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.